ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ބާ ކައުންސިލުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލުގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ މައުމޫން ހަމީދެވެ.
މައުމޫން ހަމީދަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ ކައުންސިލުގެ އެހެން މަގާމުތަކަށް އިންތިހާބުވި މެންބަރުންނަށް ވެސް މަރުހަބާ ދަންނަވާފައެވެ.
މި އިންތިހާބުގައި މައުމޫނު ހަމީދު ވާދަ ކުރެއްވީ މަޝްހޫރު ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނާއިބު، ހުސްނުއްސުއޫދެވެ.
ބާ ކައުންސިލުގައި އެކައުންސިލްގެ ނައިބު ރައީސް ކަމަށް އިންތިހާބުވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ. މުއިއްޒުއާއެކު އެމަގާމަށް ދެން ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
މީގެއިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވިއެވެ.
އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ.
މިހާތަނަށް ގުނި ވޯޓުން މައުމޫން ހަމީދަށް 267 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ގެއްލުވާލާފައިވާ މައުމޫނާއި ވާދަކުރެއްވި ސުއޫދަށް މިހާތަނަށް ލިބިވަޑައިގަތީ 196 ވޯޓެވެ.
މައުމޫން ހަމީދަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ