ކަރަންޓުގެ އަގާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅު އިކޮނޮމިކް މިނިސްޓަރު ދޮގުކުރައްވައިފި

ކަރަންޓުގެ އަގު ހެޔޮ ކުރައްވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ބަސްފުޅު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ދޮގުކުރައްވައިފިއެވެ.މިދިޔަ ޖެނުއަރީމަހުގެ ފަހުކޮޅު ރައީސް ޞާލިހް ވަނީ މުޅި ރާއްޖެއަށް ވެސް ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއީ އިތުރުފުޅެއްކަން ހާމަވާފަދަ ގޮތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވާހަކަ ދައްކަވާފައެވެ.އެގޮތުން ސާކް ކައުންސިލް އޮފް އެކްސްޕާޓްސް އޮފް އެނާޖީ ރެގިއުލޭޓާސްގެ ހަތަރުވަނަ ބައްދަލުވުން ފެށުމަށް ހޮޓަލްޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓްގެ އަގު ބޮޑުވުން ކަމަށާއި އެކަމުގެ ސަބަބުން އާންމުންނާއި ވިޔަފާރިތަކަށް ތަކުލީފު އުފުލަން ޖެހޭކަން ދެނެވަޑައިގަންނަވާ ކަމަށެވެ.މިނިސްޓަރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފޯރުކޮށް ދިނުމަކީ ކުރިމަތިވާ ގޮން ޖެހުމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވީހާވެސް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާ ރާއްޖޭގައި އެކަން ކުރެވޭނެ ގޮތްތައް މިހާރު ބަލަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.މިނިސްޓަރު ފައްޔާޒު މި މޭރުމުން ވާހަކަފުޅު ދެއްކެވުމުން ރައީސް ޞާލިހް ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަކީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދަކަށްވީ އިރު އެފަދަ ވައުދަކާއި ގުޅޭ ގޮތުން ރައީސް ޞާލިޙް އިތުރުފުޅު ހައްދަވާފައިވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.ރައީސް ޔާމީންގެ ސަރުކާރުގައި މުޅި ރާއްޖެއަށް ސައުވީސް ގަޑިއިރު ކަރަންޓް ޔަގީންކޮށް ދިނުމާއެކު މުޅި ރާއްޖެއަށް އެއް ހަމައެއްގައި ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ