ކިގާލީ ގްލޯބަލް ޑައިލޯގަށް ރައީސް ނަޝީދު ރުވާންޑާއަށް ފުރާވަޑައިގެންފި

ކިގާލީ ގްލޯބަލް ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރުވަންޑާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އެއް ފަހަރު ދުނިޔޭގެ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ.
މިފަހަރުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕެނަލުގައި ގައުމުތަކުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.
ބައިނަލްއަގްވާމީ ޖަަމިއްޔާތަކާއި އިންސްޓިޓިއުޝަން ތަކުން އެފްރިކާގެ ކުރިއެރުމުގެ ގާބިލިއްޔަތު ކަމަށް އަމާޒު ކުރާނެ ގޮތްތަކާ މެދު ވެސް ޕެނަލިސްޓުން މަޝްވަރާ ކުރައްވާނެ އެވެ.
މި ބައްދަލުވުމުގައި އެކި ކަންކަމުގެ ހައްލުތައް މުޅި ދުނިޔެއާ ހިއްސާ ކުރުމާއި ގްލޯބަލް ޑެވެލޮޕްމެންޓް އާކިޓެކްޗާ ގެ އެހީގައި އެފްރިކާ އަށް އެހީވެދޭނެ ގޮތްތަށް ބަލައި ދިރާސާ ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ