މޫސުން ގޯސްވެ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނު އޮންނަ، ގއ، އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އިން މެންދުރު ފަހު 14:30 ގެ ނިޔަލަށެވެ.
ދެކުނު އަތޮޅުތައް ފިޔަވައި، ރާއްޖޭގެ އެހެން ހިސާބަކަށް މިވަގުތު އެލާޓެއް ނެރެފައެއް ނުވިނަމަވެސް މެދުތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓުން ބުނީ، ހުޅަނގުއުތުރާއި އުތުރުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 10 މޭލުދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދުތެރެއާއި އުތުރު އަތޮޅުތަަަކަށް ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަ ވުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ދެކުނުގެ ކަނޑުތައް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށައި އެކަމަކު އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ