ކޮލަމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަހުނިޔާ ފޮނުއްވައިފި އެވެ.
ކޮލްމަބިއާގެ 209 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު އެގައުމުގެ ފޮރިން މިނިސްޓަރު ކާލޮސް ހޯމްސް ތްރުޖިލޯ ގާޝިއާ އަށް ފޮނުވި ތަހުނިޔާގެ މެސެޖުގައި ހެޔޮ ދުއާ އާއި ސަލާމް ދަންނަވާފައި ވެއެވެ.
އަދި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކޮލަމްބިއާގެ ސަރުކާރަށާއި ރައްޔިތުންނަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ މިނިސްޓަރު ޝާހިދު ވަނީ އަރިސްކުރައްވައިފަ އެވެ.
މިނިސްޓަރު ޝާހިދުގެ މެސެޖްގައި ކޮލަމްބިއާގެ ފޮރިން މިނިސްޓަރު ދުޅަހެޔޮ ސިއްހަތެއްގައި ލެއްވުމަށް އަދި ކޮލްމަބިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުންތަކަށް އެދިލައްވައިފައި ވެއެވެ.
ކްރިސްޓޮފާ ކޮލަމްބަސް އާ ގުޅުވައިގެން ނަންދެވިފައިވާ އުތުރު އެމެރިކާގެ ގައުމު، ކޮލަމްބިއާ މިނިވަންވެފައިވަނީ މީލާދީން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 1810 ވަނަ އަހަރުގަ އެވެ.
ކޮލަމްބިއާގެ މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަހުނިޔާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ