ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް މާލޭގެ 2 ސަރަހައްދަކުން ކަރަންޓް ކަނޑާލެވޭނެ ކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށް މިރޭ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި 18 ޖުލައި 2020 ވާ ހޮނިހިރު ދުވަހު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ފުރަތަމަ ސަރަހައްދަކީ އާބުރުޒުމަގާއި، ފާމްދޭރިމަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ ހެނދުނު 0930 އިން 1030 އަށެވެ.
ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ދެވަނަ ސަރަހައްދަކީ ވިލިމާލޭ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 1000 އިން 1130 އަށެވެ.
ކަނޑައެޅިފައިވާ ވަގުތުގައި ކަރަންޓް ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މާފަށް އެދޭކަމަށާއި އަދި މި ގަޑިތައް މިގޮތަށް ކަނޑައެޅިފައިވީ ނަމަވެސް މަސައްކަތް ނިމިނުހާ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އެ ހިސާބުތަކަށް ފޯރުކޮށްދެވޭނޭ ކަމުގައި އެކުންފުނިން މިރޭކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.
މާލޭގެ 2 ސަރަހައްދަކުން ކަރަންޓް ކަނޑާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ