އެލްޖީއޭގެ ނައިބު ރައީސަކަށް މާހިރު

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސަކަށް މުހައްމަދު މާހިރު އީސާ އިންތިހާބުކޮށްފައިވާކަމަށް އެލްޖީއޭއިން ހާމަކޮށްފިއެެވެ
އެލްޖީއޭއަކީ ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އުފައްދާފައި އޮންނަ މުއައްސަސާއެކެވެ.
އެލްޖީއޭއަށް އާ ބޯޑު ހޮވާފައި މި ވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ގިނަ ބާރުތަކެއް އެލްޖީއޭއަށް ދިނުމަށް ސަރުކާރުން ހުށަހަޅައިގެން ޤާނޫނު ބަދަލު ކުރުމަށް ފަހުއެވެ.
އެލްޖީއޭ އިން މިއަދުބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް މާހިރު އިންތިހާބު ކުރީ ބޯޑު މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ.
1. ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ
2. އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު
3. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
4. ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފު
5. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ
6. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު
7. ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ