ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށިލުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 64 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
‏އިތުރަށް ބުނެފައި ވަނީ މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢެއް ކަމަށެވެ. ޖުމްލަ 26.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެމި އަމަލީ މަސައްކަތް ފަށާފައިވަނީ 12 ސެޕްޓެމްބަރ 2019 ގައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީ އިން އަންނަނީ ބޮޑެތި ގިނަ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ