އެއްވެސް ވަކީލެއްގެ ހުއްދަ ބާޠިލު ނުވާ ގޮތަށް ޤާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރެއްވުމަށް ބަންޑާރަނައިބު ނިންމަވައިފި

އެއްވެސް ޤާނޫނީ ވަކީލެއްގެ ހުއްދަ ބާޠިލު ނުވާ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލް ބަދަލުކުރުމަށޤ ނިންމަވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ހާމަކުރައްވާފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޤާނޫނީ ޚިދުމަތުގެ ބިލާ ގުޅިގެން ވަކީލުންނާއި ޢާއްމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް އެ އޮފީހުން ވަނީ ބައްލަވާފައެވެ. އަދި ސުޢޫދީ އަރަބިޔާ އާއި އެ ނޫންވެސް އިސްލާމީ ޣާއުނުތަކުގައި ޤާނޫނީ ވަކީލުންގެ ކަންކަން ތަންޒީމު ކުރަމުންދާ ޤާނޫންތައް އެ އޮފީހުންވަނީ ދިރާސާ ކުރައްފާވައެވެ.
ބަލަންޖެހެ ކަންކަން ބެއްލުވުމަށް ފަހު މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ޤާނޫނީ ޚިދުމަތުގެ ބިލް ފާސްވާ އިރު ހަމައެކަނި އިސްލާމީ ޝަރީޢާ ކިޔަވަފައިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް، މިހާރު ވަކާލާތުގެ ކުރުމުގެ ހުއްދަ އޮތް އެންމެހައި ފަރާތްތަކުގެ ހުއްފަ، އިތުރު ކަމެއް ފުރިހަމަ ކުރާން ނުޖެހި ދެމި އޮންނާނެ ގޮތަށް ބިލަށް އިސްލާޙު ހުށަހެޅުމަށް ބަންޑާރަނައިބު ނިންމަވާފައިވާ ކަމަށް ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެއްވެސް ޤާނޫނީ ވަކީލެއްގެ ހުއްދަ ބާޠިލުނުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު ބަދަލުކުރުމަށް ނިންމެވިކަމުގެ ނޫސްބަޔާން pic.twitter.com/44qFMAhwCF
— AG Office Maldives (@agofficemv) December 6, 2018
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ