ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2025 (ޑީއެމްޖީސީ) މި މަހު 31ގައި ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވާ މި ޗެމްޕިއަންޝިޕްގައި، ފޯ-ގޭމް ފޯމެޓްގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ތަފްސީލް - މި މުބާރާތުގައި ހިމެނެނީ:
ޕަބްޖީ
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް
މި ފަހަރު އަލަށް ތައާރަފްކުރާ 'ރޮކެޓް ލީގް' އަދި 'އެފްސީ 25'
މި ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެ އެވެ. އެގޮތުން:
'ޕަބްޖީ މޯބައިލް ކޮލިފައި'ގެ އެންމެ ގަދަ 16ގެ ގަދަ ހިފުމެއް ފެނިގެންދާނެ
މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ 7 ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗުތަކެއް ބާއްވާނެ
ކުޅުންތެރިންނަށް 'ރޮކެޓް ލީގު'ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެ
އެފްސީ 25ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ
ފާހަގަކޮށްލެވޭ - ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި މަހު 31ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ