ރައީސް ޔާމީން 2018 ގެ މެނިފެސްޓޯގައި ރައްޔިތުން އުފާވާނެ ކަންތައްތަކެއް ހިމަނާފައި ވާނެ - ޒަމީރު

ރައީސް ޔާމިންގެ 2018 ގެ މެނިފެސްޓޯގައި ރައްޔިތުން އުފާވާނެ ކަންތައްތަކެއް ހިމަނާފައި ވާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގއ. ކޮލަމާފުށީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ. އަދި ކުރިއަށް މި އޮތް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ކޮލަމާފުށީ ގެ ރައްޔިތުން ގެންގުޅުއްވާ ހަރުދަނާ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކޮލަމާފުށީގެ އިތުރުން ކައިރި ރަށްރަށުގެ ފަރާތްތަކާ ވާހަކަދައްކައިގެން ކަންތައްތައް ރޭވުމަށް ކޮލަމާފުށީގެ ރައްޔިތުންގެ އަރިހުން މިނިސްޓަރ ޒަމީރު އެދިވަޑައިންނެވިއެވެ.މިކަމަށްޓަކާ ޕާޓީގެ އޮފީހާ މެޑަމް ގެ ކެމްޕެއިން އޮފީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ވާހަކަވެސް މިނިސްޓަރު ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އިންތިޚާބުން ބަލިވުމަކީ އޮތްގޮތެއް ނޫންކަމަށާއި ހަމައެކަނި އޮތް ގޮތަކީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުންކަމަށެވެ. އަދި މިކަން ކާމިޔާބުކުރެވޭނީ ޕީޕީއެމް އަށާއި ޕީޕީއެމް ގެ ސަޕޯޓަރުންނަށާއި ޕީޕީއެމްގައި އޮތް އޮނިގަނޑު ބޭނުންކޮއްގެން ޕީޕީއެމްގައި ތިބިމީހުން ނަށްކަމަށްވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 2018 ގެ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ދެން ރައްޔިތުންނަށް މިސަރުކާރުފެނިގެންދާނީ މިހާރައްވުރެ ބޮޑެތި މާސްޓަރޕްލޭން ތަކަކާއިއެއްކޮން ކަމަށްވެސް މިނިސްޓރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ