މިހާރު ފެންނަމުން މިދަނީ ދައުލަތުގެ ތިންބާރުގެ ތެރެއިން ދެ ބާރުގެ ބާރު މުޅިން ކަނޑުވާލާފައިވާ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސް ފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ގާސިމްގެ ޓްވީޓްގައި ވިދާޅުވީ މި އަނިޔާވެރި އަމަލު މި ހިންގަނީ ސަރުކާރު ހިންގުމުގެ ބާރުން ނޫން ކަމަށް ހަމައާއި އިންސާފުން ވިސްނާ މީހަކު ނުބުނާނެ ކަމަށެވެ.
ދައުލަތުގެ ދެ ބާރުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ގާސިމް އެ އިޝާރާތް ކުރައްވަނީ ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށެވެ.
ގާސިމް ވަނީ ގާނޫނީ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރުރުމަށާއި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުން ކުއްލިގޮތަކަށް ނެރުނު އަމުރެއްގައި ވަނީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަންގާފައެވެ. އޭގެތެރޭފައި ގާސިމް ވެސް ހިމެނެއެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން ދެ ބާރުގެ ބާރު މުޅިން ކަނޑުވާލާއިފި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ