ދެކުނުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، ދެކުނުގެ އަތޮޅުތައް ފިޔަވައި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން ޢާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ހަމަ އެހެންމެ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ