މޫސުން ރަނގަޅުވާން ފެށިޔަސް އަދި ސަމާލުވާންޖެހޭނެ: މެޓް

ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާފައި ވިޔަސް އަދިވެސް ކަނޑުތައް ގަދަވާނެ ކަމަށާއި ބޮޑަށް މޫސުން ގޯސްވާނީ އުތުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ތޫފާނު އޮކްޝީ ރާއްޖެއާ ދުރަށް ޖެހި މޫސުން ރަނގަޅުވާން ފެށިކަމުގައި ވިއަސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދު ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައި ވާއިރު އެކި ބޯކޮށް ވާރޭ ވެހި އެކި ރަށްރަށުގައި ފެން ބޮޑުވި އެވެ. އަދި ގަދަ ވަޔާ އެކު ބައެއް ރަށްރަށަށް ވަނީ ގެއްލުންތައް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ