އިންތިގާލީ ކެންޑިޑޭޓްގެ ބަހުސްގައި މައުމޫނު ހަނު ހުންނެވީ ނަޝީދުގެ މަކަރުވެރިކަން އެނގިވަޑައިގަންނަވާތީ!

ރިޔާސީ އިންތިހާބަށް ގާތްވަމުން އަންނައިރު އާންމު ރައްޔިތުންގެ ސަމާލުކަން ހޯއްދެވުމަށް ލާދީނީ ސިޔާސަތުގެ ދަށުން މަސައްކަތް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
 
އެގޮތުން ނަޝީދު އެމަސައްކަތްޕުޅު ފެއްޓެވީ އިންތިގާލީ ކެންޑިޑޭޓަކު ނެރުއްވާ ވާހަކައިންނެވެ. އިދިކޮޅު ހުރިހާ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށާއި އިންތިގާލީ ސަރުކާރެއްގެ ތެރެއިން އިސްލާހު ގެނައުމަށް ނަޝީދު ގޮވައިލެއްވުމުން އެ މަޅީގައި ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ޖެހިފައެވެ.
އެކަމާއި ގުޅިގެން އެއްބަޔަކު ނަޝީދުގެ ހިތްތިރިކަމާއި އިހްސާންތެރިކަމުގެ ވާހަކަ ވެސް ދައްކަމުން އެބަގެންދެއެވެ. ބައެއް ފަރާތްތަކުން ޕޯލްތައް ހަދައިގެން ކެންޑިޑޭޓުން ހޮވަން ވެސް ފަށައިފިއެވެ. އިންތިގާލީ ކެންޑިޑޭޓުން ކަމަށް ބެލެވިދާނެ ބައެއް ބޭފުޅުން ވެސް އެވާހަކަތަކުގައި ބައިވެރި ވަޑައިގެން ވެރިކަމުގެ ހުވަފެންފުޅު ދެކެވަޑައިގެންފިއެވެ.
މިހުރިހާ ކަމެއް ހިނގާއިރުވެސް އިދިކޮޅުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަޑެއް ނީވެއެވެ. އެމަނިކުފާނު އޮޅިވަޑައިގެން ވެސް އިންތިގާލީ އެކޭ ވިދާޅެއް ނުވެއެވެ.
 
އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ސިޔާސީ ބޭފުޅަކީ އެބޭފުޅުން ވެސް ގަބޫލު ކުރާ ރައީސް މައުމޫނެވެ. ސިޔާސީ ގޮތުން އެންމެ ބާރުގަދަ ފަރާތަކީ އަދިވެސް މައުމޫނެވެ. ރައީސް ޔާމީން ބަލިކުރެވޭނެ  ކަމަށް އިދިކޮޅަށް ފެންނަ ހުރިހާ ސައިންސެއްގައި މައުމޫނަކީ މުހިއްމު ބޭފުޅެކެވެ.
 
ފަހަކަށް އައިސް ޓްވިޓަރގައި ވަރަށް އެކްޓިވް މައުމޫނުގެ ފަރާތްޕުޅުން އިންތިގާލީ އާއި ބެހޭ ޓްވީޓެއް ވެސް ނުފެނެއެވެ. މައުމޫނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވެސް އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރެއް ނުފެނެއެވެ.
އެހެން ކަމުން މައުމޫނުގެ ތާއީދު ނަޝީދު ވިދާޅުވާ އިންތިގާލީ ކެންޑިޑޭޓަކަށް ޖާގަ ދެއްވުމަށް އޮތް ކަމަށް ބަލާނެ ޖާގައެއް ނެތެވެ.
މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކަމަކީ، އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ ނަޝީދު ދެއްކެވި ހިސާބުން ފެށިގެން މައުމޫނު ތަންކޮޅެއް ފޭއަށް ޖެހިވަޑައިގެންފައިވާ ކަމެވެ. މިވަގުތު މައުމޫނުގެ ފޯކަސް ހުންނެވީ ހަމައެކަނި ދަރިކަލުން ފާރިސްގެ ޝަރީޢަތަށެވެ.
 
މައުމޫނުގެ އަމަލުފުޅުތައް ހުރި ގޮތުން ވިދާޅުވާ ކަހަލައެވެ. އިންތިގާލީ އޭ ކިޔައިގެން އެ ދައްކަވާ ވާހަކަތަކާއި ނަޝީދުގެ މަކަރުވެރިކަން ތިމަންނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ