އިންޑޮނޭސިއާގެ ކުރީގެ ރައީސް ސުހާޓޯ ވަގަށްނަގާފައިވާ ރައްޔިތުންގެ ފައިސާކަމަށް ކަނޑައަޅައި 325 މިލިއަން ޑޮލަރު އަނބުރައި ދެއްކުމަށް އިންޑޮނޭސިއާގެ ސްޕްރީމް ކޯޓުން ސުހާޓޯ ފައުންޑޭޝްަންގެ ނަމުގައި އެ ޤައުމުގައި ހިންގާ ފައުންޑޭޝަނަށް އަންގައިފިއެވެ.
ސްޕްރީމް ކޯޓުން ބުނީ ދައުލަތުގެ ފައިސާ އިން 325 މިލިއަން ޑޮލަރު ެ ފައުންދޭޝަނަށް ޖަމާކުރުމަށްފަހު ސުހާޓޯގެ އާއިލާއިން ބޭނުންކޮށްފައިވާ ކަމަށެވެ.
1967 ވަނަ އަަހރުން ފެށިގެން 1988 ވަނަ އަހަރު އެޤައުމުގެ ރައްޔިތުން ނުކުމެ ވެރިކަމުން ބޭރުކުރަންދެން އިންޑޮނޭސިއާގެ ވެރިކަން ކުރި ސުހާޓޯގެ 31 ވީ ވެރިކަމުގައި 35 ބިލިއަން ޑޮލަރަށޢްވްުރެ ގިނަ ފައިސާ ވަގަށް ނަގައިފައިވާކަމަށް ބެލެއެވެ. އެއީ އަހަރަކު އަހަރަކު 1 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. \
ރައްޔިތުންގެ ފައިސާ އިން ވައްކަންކުރުމުން އެ މައްސަލަތައް ބަލައި ފިޔަވަޅު ނުއެޅޭ ޤައުމުތަކުގައި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަސް އިތުރުވާކަމަށް ޓްރާންސްޕެރެންސީ އިންޓަރނޭޝަނަލުން ބުނެއެވެ.
ސުހާޓޯ ވަގަށްނަގާފައިވާކަމަށް ބެލެވޭ 325 މިލިއަން ޑޮލަރު އަނބުރާ ދައްކަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ