ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ނިންމާލައިފި, ތިން ޕާޓީއަށްވެސް ގަޮނޑި ޔަގީން!

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ ބާއްވާ އިރު، އެ ގޮނޑިއަށް ވާދަކުރާ ތިން ޕާޓީންވެސް ފޯރިއާއެކު ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތްތައް ނިންމާލައިފި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު “ހަފްތާ” އަށް މިއަދު ވިދާޅުވީ، މި އިންތިހާބުގައި ވޯޓު ލެވޭ 3،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 99 ޕަސަންޓު މީހުންނާ އެ ޕާޓީން ބައްދަލުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑު އަދަދެއް، އެ ޕާޓީއަށް ވޯޓުލާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަހީދު “ހަފްތާ” އަށް މިއަދު ވިދާޅުވީ، މި އިންތިހާބުގައި މެޖޯރިޓީ ނަގާނީ އެ ޕާޓީން ކަމަށެވެ. އަދި އެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ