މިފެށުނު ހިޖުރީ އައު އަހަރުގެ އަމާޒަކީ ބަހާއި ޢަމަލުގައި ތެދުވެރިވެ ތިބުން ކަމުގައި ހަދަން، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު، ރައީސް އަލްއުތާޛް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުލްސައްތާރު ހައްޔަރުކުރުމާ ގުޅިގެން، ރައީސް ނަޝީދު ގެންދަވަނީ އެއްވެސް އަސާސެއް ނެތް، ހެއްކެއް ނެތް ކަންތައްތަކެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ނަން ކިލަނބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން ރައީސް ޞާލިޙް، އަންހެނަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހަށް ހުށަހަޅަންވީތޯ ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް އަށް އިންޒާރު ދެއްވާފައެވެ. އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވެސް ވަނީ ރައީސް ޞާލިޙް ރާބުއިކަމަށް ދޭހަވާ މެރުމަކުން ސުވާލުކުރައްވާފައެވެ. އެގޮތުން އީވާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޞާލިޙް، ރާބޯތަނާއި ޒިނޭކުރާތަނާއި ވީޑިއޯއަށް އެރީމާތޯ ހައްޔަރުކުރަނީ ސުވާލުރައްވާ އެއީ ރައީސް ޞާލިޙް މެން ނުކުރާ ކަމެއްތޯ ސުވާލުކުރައްވާފައެވެ.
ގައުމުގެ ވަލީއުލްޢަމްރާއި ގުޅޭގޮތުން މިފަދަ އަސާސެއްނެތް ވާހަކަތަކެއް، ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދައްކަވަމުންދާ އަދި މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ މި ދަނޑިވަޅުގައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ފެށުނު އައު އަހަރަށް އަޅުގަނޑުމެން ކަނޑައަޅާ އަޒުމަކީ މުސްލިމުންގެ އެންމެ މާތް ސިފަ ކަމުގައިވާ ބަހާއި އަމަލުގައި ތެދުވެރިވެ ތިބުން ކަމުގައި ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
މީހެއްގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވުމަކީ އެކަމަށް އިސްލާމްދީނުގައި އަދަބު ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ. މީހެއްގެ ބޮލުގައި ސާފު ބަހުން ޒިނޭގެ ތުހުމަތު އެޅުވުމަށް ކިޔަނީ ޤަޛްފު ކުރުމެވެ. އިސްލާމް ދީނުގައި ޤަޛްފް މަނާ ކުރައްވައިފައި ވަނީ އަބުރާއި ޝަރަފު ރައްކާތެރިކޮށް ޙިމާޔަތް ކުރެއްވުމަށްޓަކަ އެވެ.
ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އިއްފަތްތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ."
ޤަޛްފު ސާބިތު ވާނީ 2 ފިރުހެނުންގެ ހެކިބަހުން ނުވަތަ ޤާޛިފް (ޤަޛްފުކުރި މީހާ) އެކަމަށް އިޢްތިރާފް ވުމުންނެވެ. ޤާޛިފްގެ މައްޗަށް ޙައްދު ޤާއިމް ކުރެވިއްޖެ ނަމަ އޭނާގެ ހެކިބަސް އޭގެ ފަހުން ޤަބޫލެއް ނުކުރެވޭނެއެވެ. މި ހެކިބަސް ދެން ޤަބޫލު ކުރެވޭނީ ތަވްބާ ވުމުންނެވެ.
އައު އަހަރުގެ އަމާޒަކީ ބަހާއި ޢަމަލުގައި ތެދުވެރިވެ ތިބުން ކަމުގަ ހަދަމާތޯ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ