ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މިރޭ ސޮއިކުރައްވައިފި އެވެ.
އަލީ ސަލީމް ޕީޕީއެމްއަށް ސޮއިކުރައްވާފައި މިވަނީ މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް ސަލީމް ޕީޕީއެމްއަށް ސޮއިކުރެއްވިކަން އެމްވީޔޫތަށް ވަނީ ކަށަވަރުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޕީޕީއެމްގެ ޓީމު މާދަމާ ކެމްޕެއިނަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ސަލީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ސަލީމް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޓިކެޓުގައި އެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ މައްސަލައިގައި ޑީއާރުޕީގެ ބައެއް މެންބަރުން ވޯޓުދެއްވި ގޮތާއި މެދު ހިތްހަމަނުޖެހުމާއި ގުޅިގެން އޭނާ ޑީއާރުޕީން ވަކިވެވަޑައިގެންނެވި ކަމަށް އަޑު ފެތުރިފައިވާތާ ގިނަ މަސްތަކެއްވެއްޖެ އެވެ.
އަދި މިދިޔަ ހަފްތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަން ރިޔާސަތުން ވަނީ އިއުލާންކުރައްވާފައެވެ.
ފުނަދޫ ދާއިރާގެ މެންބަރު ސަލީމް ޕީޕީއެމްއަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ