އަދުލް އިންސާފުގެ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސަގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ވޭތުވެދިޔަ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
"ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމާއި މަދަނީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ބަންޑާރަ ނައިބު އޮފީހުން އެކުލަވާލައިފައިވާ ފަސް އަހަރުގެ ސްޓްރެޖީ ޕްލޭންގެ ދަށުން ވޭތުވެދިޔަ އަހަރު ގިނަ ލަނޑުދަނޑިތަކެއްވަނީ ހާސިލް ކުރެވިފަ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އަދުލު އިންސާފު ޤާއިމް ކުރެވޭނީ އެންމެންނާއި މެދުގައިވެސް އެއް ހަމައަކުން ކަންތައް ކޮށްގެން ކަމަށެވެ.
"ރާއްޖޭގައި ޤާނޫނީ ނިޒާމުގެ ތެރެއިން ޖިނާއީ އަދަބު ދިނުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރޭ، އެއީ އެކަންތައް ވެގެންވާނެ ގޮތެއް ނޫން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އަދުލް އިންސާފުގެ ދާއިރާއަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޤަދަރު ލިބިފައިވާ ދާއިރާއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވި ކަމާއެކު ކުރަމުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވާޖިބު އެމަނިކުފާނު އަދާކުރައްވަމުން ގެންދަވަނީ ގާނޫނުގެ ބާރު ދަމަހައްޓައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދުލް އިންސާފުގެ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ