ދެފަތުރުވެރިން މަރުވި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި

މިދިޔަ ބުރާސްފަތި ދުވަހު އިރު އޮއްސުނު ހާއިރު ކ.މާފުށީ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި ހިންގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ލޯންޗް ކެޕްޓަން ކޯޓުން ދޫކޮށްލައިފިއެވެ.
ދެފަތުރުވެރިން މަރުވި އެކްސިޑެންޓާއި ގުޅިގެން ލޯންޗް ކެޕްޓަން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ކޯޓުން ލޯންޗް ކެޕްޓަން ދޫކޮށްލަން އަމުރުކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.
މާފުށީ ކައިރީގައި ހިނގި އެކްސިޑެންޓްގައި މަރުވީ މެލޭޝިއާގެ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާއި ޗައިނާގެ 42 އަހަރުގެ އަންހެނެކެވެ.
މާފުށީ ކައިރީގައި އެކްސިޑެންޓް ވެފައިވަނީ މާލެއިން ފުރައިގެން ކ.މާފުއްޓަށް ދަތުރުކުރި ސަންލައިޓް ނަމަކަށްކިޔާ ލޯންޗަކާއި މާފުށި ޑައިވް ސެންޓަރުގައި ދުއްވާ ޑައިވިންގ ދޯންޏެކެވެ.
މިއެކްސިޑެންޓްގައި ދެފަތުރުވެރިން މަރުވީ ކޮން ކަހަލަ އަނިޔާތަކެއް ލިބިގެން ކަމެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ