ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާ މެންބަރު މޮސްޓާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޮސްޓާ ހައްޔަރުކޮށްފައިވަނީ އޭނާ މަޖީދީ މަގުން ބޮޑުތަކުރުފާނު މަގާ ދިމާލަށް ވަޑައިގެންނެވި މަގުމަތީގައެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ޖިޕަށް އަރުވައިގެން އެ ސަރަހައްދުން ގެންގޮސްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި މަގޭ ފުލެޓު ކޮބާ ނަމުގައި ބޭއްވި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިންންވެ.
މޮސްޓާގެ އިތުރަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހުންކަމަށް ފުލުހުންނަށް ޤަބޫލުކުރާ ބައެއް ފަރާތްތައް މިހާރުވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
އިދިކޮޅުގެ މުޒާހަރާއާ ގުޅިގެން މާލޭގައި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އެއްވެސް އެއްވުމެއް ނުވަތަ ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭނެ ކަމަށް ބުނެ ފުލުހުންވެސް ބަޔާނެއް ނެރެފައިވެއެވެ. ނަމަވެސް 10 މީހުންނަށްވުރެ ގިނަ މީހުން އެއްވުމާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވަނިކޮށް އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށާ ރަސްމިއްޔާތު ރޭގައި ބާއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ