ރައީސް ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ރައީސް ސޯލިހު މިއަދު ހަވީރު 4:00 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހުގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަަމަށް މަބްރޫކް ވިދާޅުވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާ ގުޅިގެން މާލޭގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ރައީސް އިއުލާނުކުރައްވާނެކަމަށް ބެލެވެއެވެ. ރައީސް ސޯލިހާއި، މިނިސްޓަރު ފައްޔާޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމާފައި މިވަނީ މާލެއާއި ތިލަފުށި ގުޅާލާ ބްރިޖްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި މުއްދަތު ފާއިތުވި އިރުވެސް، އެ މަސައްކަތް ފެށިފައި ނުވާތީ ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު މިއަދު "ސަން" އަށް ވިދާޅުވީ ބްރިޖުގެ މަސައްކަތް ފެށުން ލަސްވަނީ ކޮވިޑްގެ ސަބަބުން، ކަމަށާއި ދެ ހަފްތާ ތެރޭ މަސައްކަތް ފެށޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ