އުރުދުން ވާދީގައި ދިރިއުޅެމުން އަންނަ ފަލަސްޠީނު ރައްޔިތުން ބުނެފައިވަނީ އެބިންތައް އަތުލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަޢުދުވީ ނަމަވެސް އެމީހުން އެތައް ޖީލަކަށް ދިއުޅުނު އެމީހުންގެ ބިންތައް އެހާ ފަސޭހައިން ދޫކޮށް ނުލާނެ ކަމުގައެވެ. އަދި އެމީހުން ވަޢުދުވެފައިވަނީ ދޫދިނުމެއް ނެތި އެމީހުންގެ ޙައްޤުތަކަށްޓަކައި މަސައްކަތްކުރާނެ ކަމުގައެވެ.މިސަރަހައްދުގެ ކުޑަކުޑަ ރަށެއްގައި ދިރިއުޅޭ ދަނޑުވެރިއެއް ކަމުގައިވާ ޙަސަނުލް ޢަބީދީ ރޮއިޓާރސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ފަލަސްޠީނިއްޔަ ޢަޒުމާއި ހިތްވަރު ހަލާކުކޮށްނުލެވޭނެ ވާހަކަ ނަތަންޔާހޫ ކައިރީގައި ބުނާ ކަމުގައެވެ. އަދި ދުވަހަކުވެސް ފަލަސްޠީނު ރައްޔިތުންގެ ޢަޒުމު ގުޑުވައި ނުލެވޭނެ ކަމުގައިވެސް އޭނާ ބުންޏެވެ. އަދި އިތުރަށް އޭނާ ބުނީ މިބިންތަކަކީ އެބިންތަކުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ މައިންބަފައިންނާއި ކާފައިންގެ ބިން ކަމުގައިވާތީ، ކޮންމެ އަގެއް އަދާކޮށްފައި ނަމަވެސް އެބިންތައް ދިފާޢުކުރާނެ ކަމުގައެވެ.ފޮޓޯ: ރޮއިޓާރސްކަނާތު ފިޔައިގެ ނަތަންޔާހޫ އިސްރާއީލުގެ ޢާންމު އިންތިޚާބަށްވެފައިވާ ވަޢުދަކީ އުރުދުން ވާދީއާއި އުތުރު ޑެޑްސީގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު ހިންގާނެ ކަމުގައެވެ. 16 ސެޕްޓެންބަރުގައި އޮންނަ އިންތިޚާބަކީ ނަތަންޔާހޫއަށްވެސް އުދަގޫ އިންތިޚާބެއް ކަމުގައިވާނެއެވެ. މިރޭވުމާ ގުޅިގެން ޢަރަބި ޤައުމުތަކުގެ ވެރިންނާއި ފަލަސްޠީނު ރައްޔިތުންގެ ނުރުހުން ނަތަންޔާހޫއަށް އަމާޒުވެފައިވެއެވެ. އ.ދގެ އަމީން ޢާންމު އެންޓޯނިއޯ ގުޓަރޭސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިރޭވުމަކީ ބައިނަލްއަޤުވާމީ ޤާނޫންތަކާ ބޮޑުތަނުން ޚިލާފުވުން ކަމުގައެވެ. ފަލަސްޠީނުގެ އިދާރާތަކުން ބުނެފައިވަނީ 1990ގެ އަހަރުތަކުން ފެށިގެން ވެވިފައިވާ ވަގުތީ ޞުލްޙައިގެ އެއްބަސްވުން ނަތަންޔާހޫ މިރޭވުމަށް ޢަމަލުކުރުމާއެކު ނިމުމަކަށް އަންނާނެ ކަމުގައެވެ.ފޮޓޯ:ރޮއިޓާރސްއުރުދުން ވާދީއަކީ އުރުދުނުގެ ފަރުބަދަމަތީ ސަރަހައްދުގެ ފަހަތަށް އޮންނަ ބިމެކެވެ. ފަލަސްޠީނުގެ ދަނޑުވެރިން އެމީހުން އުފައްދާ ގޮވާމުގެ ބާވްތައް އުފެއްދުމުގައި އަވަދިނެތި، އުޅޭ ބިމެކެވެ. އެސަރަހައްދުގެ ރަށަކަށް ނިސްބަތްވާ 75 އަހަރުގެ އިސްމާޢީލު ޙަސަން ރޮއިޓަރސްއާ ވާހަކަދައްކަމުން ބުނެފައިވަނީ މިއީ ހިތުހުރި އިރެއްގައި ބޭނުން މީހަކަށް ދިނުމަށް މިއީ ނަތަންޔާހޫގެ އަމިއްލަ ބިމެއް ނޫން ކަމުގައެވެ. އަދި އިތުރަށް އޭނާ ބުނެފައިވަނީ އިންތިޚާބުން ނަތަންޔާހޫ މޮޅުވިޔަސް ބަލިވިޔަސް މިބިންތައް އަތުލުން ބަލައި ނުގަންނާނެ ކަމުގައާއި މިބިންތައް ނިސްބަތްވަނީ ފަލަސްޠީނަށް ފަލަސްޠީނު މީހުންނަށް ކަމުގައިވެސް އޭނާ ބުންޏެވެ.އުރުދުން ވާދީ އިސްރާއީލަށް ނެގުމަށް ނަތަންޔާހޫ ވަޢުދުވެފައިވަނީ ކުރިއަށް އޮތް ޢާންމު އިންތިޚާބުގައި އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ވާދަވެރިންނަށް ލިބެންހުރި ވޯޓު ހޯދުމަށާއި، މެދުމިން ވާތުފިޔައިގެ ތާއީދު ހޯދުމަށެވެ. އިސްރާއީލުގެ މެދުމިން ވާތުފިޔައިގެ ޕާޓީތަކުން އުރުދުން ވާދީގެ މައްޗަށް އަތްގަދަކުރަން ބޭނުންވަނީ ސަލާމަތީ ސަބަބުތައް ބަހަނާއެއް ކަމުގައި ދެއްކުމަށްފަހުއެވެ. ނަތަންޔާހޫ ރާވާފައިވާ ފަދައިން މިބިން އިސްރާއީލަށް ނަގައިފިނަމަ، މުސްތަޤުބަލުގައި އުފެދޭ ފަލަސްޠީނު ދައުލަތެއް އޮންނާނީ އިސްރާއީލުން ހުރިހާ ދިމާލަކުން ވަށާލައި ބަންދުވާ ގޮތަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ފަލަސްޠީނު ރައްޔިތުން ނަތަންޔާހޫއަށް: އަހަރުމެންގެ ޢަޒުމެއް ގުޑުވައި ނުލެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ