އިރުޝާދިޔާ ބޮޑު ތަފާތަކުން ފޭދޫ ސްކޫލް ބަލިކޮށްލައިފި

އިރުޝާދިޔާ ސްކޫލް ބޮޑު ތަފާތަކުން ފޭދޫ ސްކޫލް ބަލިކޮށްލައިފިއެވެ.
އައްޑޫ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލާއި އިރުޝާދިޔާ ސްކޫލް ބައްދަލު ކުރިމެޗް އިރުޝާދިޔާއިން ކާމިޔާބުކޮށްފައިވަނީ 12-1 ލަނޑުގެ ނަތީޖާއިންނެވެ.
މުޅިމެޗްގައިވެސް މޮޅުކުޅުމެއް ދައްކަމުންއައި އިރުޝާދިޔާ ސްކޫލުން ކާމިޔާބުކުރި 12 ލަނޑުގެތެރެއިން މެޗްގެ ފުރަތަމަ ލަނޑާއެކު 03 ލަނޑުޖަހައި މެޗުގައި ފެނިގެންދިޔަ ތިން ހެޓްރިކްގެތެރެއިން ފުރަތަމަ ހެޓްރިކް ހަދާފައި ވަނީ މުބާރާތުގައި މިހާތަނަށް މޮޅުކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ކެޕްޓަން ހަސަން އައިކު އެވެ. އަނެއް 2 ހެޓްރިކް ހަދާފައިވާ އިރުޝާދިޔާ ޓީމުގެ ވޯވަރޑް ލޫތު އައްބާސް (11) ވަނީ އެޓީމަށް 7 ލަނޑު ޖަހާދީފައެވެ. އަދި އަނެއް 02 ލަނޑު އެ ސްކޫލަށް ކާމިޔާބު ކޮށްދީފައިވަނީ މުޙައްމަދު ޝާކީ އާއި މުޙައްމަދު އަރުހަމް ޝާހިރު އެވެ.
ފޭދޫ ސްކޫލުން ޖެހި ހަމައެކަނި ލަނޑު ޖަހާދިނީ އެ ސްކޫލުގެ ހަސަން ޝިޔާހު ހާދީއެވެ. މިއީ މިމުބާރާތުގައި އިރުޝާދިޔާ ސްކޫލުން ހޯދި 4 ވަނަ ކާމިޔާބީއެވެ.
މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އަތޮޅު މަދަރުސާ އާއި ޝަރަފުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ