އިހްލާސްތެރިން ތިއްބެވީ ރައީސްގެ ފަހަތްޕުޅުގައި، 2018 ކާމިޔާބު ކުރެވޭނެ – ޑިފެންސް މިނިސްޓަރ

ގައުމަށް އިހުލާސްތެރި ބޭފުޅުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި، އެހެންކަމުން މިއީ ރައީސް އަބުދުﷲ ޔާމީނަށް 2018 ކާމިޔާބުކުރެއްވޭނެ ކަމުގެ އެންމެ ބޮޑު ހިކުމަތްކަމަށްވެސް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިގޮތަށް ވިދާޅުވި ރޭ ދުވާފަރުގައި ޕީޕީއެމުން ބޭއްވި "އަސްލު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ގައުމަށް ސުލްހަ މަސަލަސްކަން ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ.
"ގައުމަށް ރައީސް ގެންނަން ބޭނުންފުޅުވާ ހެޔޮ ބަދަލުތައް ގެނެވޭނީ 2018 އަށް އަޅުގަނޑުމެން ހިކުމަތްތެރިކަމާއެކު، ރަނގަޅަށް ދިރާސާކުރުމަށްފަހު ވޭތުވެދިޔަ އިންތިހާބަށް ބެލުމަށްފަހު މިފަހަރު އާ ހިތްވަރަކާއެކު ނަތީޖާ ބަދަލުކޮށްލުމޭ". މިނިސްޓަރ ވިދާޅުވިއެވެ.
އަދި ގައުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެންނަން ބޭނުންކަމަށް ވާނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ކައުންސިލެއްގެ މެޖޯރިޓީ ޕީޕީއެމް އިން ހޯދަންޖެހޭނެ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ގިނަ މަސައްކަތްޕުޅާ އެކު ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ރާއްޖޭގެ މަޝްރަހު މިއަދު އޮތީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އޮތް ގޮތަށް ނޫން ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ