ބ. ތުޅާދޫގެ ބެލެނިވެރިންތަކެއް އެރަށު ސްކޫލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން އެބަދެއެވެ.
އެސްކޫލުގެ ބެލެނިވެރިއަކު ވީނިއުސްއަށް މައުލޫމާތު ދިން ގޮތުގައި ބެލެނިވެރިން މުޒާހަރާ ކުރަމުންދަނީ އެސްކޫކުގެ ގޯތިތެރޭގައި ހުންނަ ބޮޑު ނިކަގަހަކީ ރޫހާނީ ކަންތައްތަކަކާ ގުޅިފައިވާ ގަހެއް ކަމަށް ބުނެއެވެ.
ބެލެނިވެރިން ބޭނުންވަނީ އެގަސް ކަނޑާލުމަށް ކަމަށް ވީނިއުސްއަށް މައުލޫމާތު ދިން ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
ތުޅާދޫ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. ސްކޫލަށް މިއަހަރު 81 އަހަރު ފުރިފައިވާއިރު، ސްކޫލް މިހާރު ހިންގަމުންދާ ތަނަށް ބަދަލުކުރި ފަހުން ވަނީ 20 އަހަރު ވެފައެވެ. މިތަނަށް ސްކޫލު ބަދަލުކުރި ފަހުން، އާންމުގޮތެއްގައި ގްރޭޑް އަށަކަށްދާ އަންހެން ކުދިންނަށް ރޫހާނީ ކަންކަން މެދުވެރިވާގޮތް ވާކަމަށް ބެލެނިވެރިޔާ ބުންޏެވެ.
ތުޅާދޫ ސްކޫލް ތެރޭގައި ހުރި ގަހެއް ކަނޑާލުމަށް ގޮވާލައި އިހުތިޖާޖުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ