ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަންގެ ޕާޓީތަކުން ވާދަކުރާނެ ގޮތަކާ މެދު ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެފައި ވަނިކޮށް، އިންތިހާބާ ގުޅޭ ގޮތުން އިބްރާހީމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލު ކުރައްވައިފިއެވެ.
ރައީސް ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް ބައްދަލު ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ގޮތުން އެއްވެސް ތަފުސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރައްވައެވެ.
ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ކުރިން އެއްބަސްވެފައި ވަނީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވަކިވަކިން ނުކުތުމުގެ ބަދަލުގައި، ހުރިހާ ޕާޓީތަކުން އެކުގައި ނުކުތުމަށެވެ. އެއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ފަދައިން މަޖިލިސް އިންތިހާބުގައި ވެސް ވީހާ ވެސް ގިނަ ގޮނޑިއެއް އެ ކޯލިޝަނަށް ނެގުމަށެވެ.
އެހެން ނަމަވެސް މަޖިލީހުގެ ދާއިރާތައް ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ލީޑަރުންނަށް އެއްގޮތަކަށް އެއްބަސްނުވެވޭތީ އެ ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ.
އެމްޑީޕީގެ މި ނިންމުމާ ގުޅިގެން، ޖުމްހޫރީ ޕާޓީން ކުރިން ބުނެފައި ވަނީ، އެ ޕާޓީން ކުރިއަށް ދާނެ ގޮތެއް ނިންމާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލަފާފުޅު ހޯދުމަށް ފަހުގައި ކަމަށެވެ.
އިންތިހާބުގެ މަޝްވާރައަށް ރައީސް ސޯލިހާ ގާސިމް ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ