ސުޕްރީމް ކޯޓުން ނެރޭ އަމުރެއްނަމަ އެއަމުރު ނެރުއްވުމަށް ނިންމެވި ފަނޑިޔާރުންގެ ނަންފުޅާއި ސޮއި އެއަމުރުގައި ހިމަނަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތަށް ނެތްކަމަށްވާނަމަ އެއީ ސައްހަ އަމުރެއްކަމަށް ބަލައިގަތުމަށް ދަތިވާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމި ނިންމުން އެކޮމިޝަނުން ބާތިލްކުރުމާއި ވިދިގެން ސްޕްރީމް ކޯޓުން އެ ނިންމުން ބާތިލް ކުރުމުން ދިޔާނާ އޭރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމެއް އެކޮމިޝަނަށް ބާތިލް ކުރެވޭނެކަމަށެވެ.
ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިންމަނީސް އެމެންބަރުން ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އަދި އެ 12 މެންބަރުން ބައިވެރި ކޮށްގެން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އިލެކްޝަން ކޮމިޝަނުގެ ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެ ކަމާއި މެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ކަނޑައަޅާ މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ އެންމެހައި އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި އަމުރު ކުރާކަމަށެވެ.
އިއްޔެ އިލެކްޝަނުން ނިންމާފައި ވަނީ 12 މެމްބަރުޔންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސްޕްރީމް ކޯޓުން ކަމަށް ވާތީ ކުރިން އެކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެ މައްސަލާގައި ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެދާއިރާ ތަކުގެ ބައި އިލެކްޝަން ބޭއްވުން މަޑުޖައްސާލާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އަމުރެއް ނެރޭނަމަ ފަނޑިޔާރުންގެ ސޮއި އޮންނަން ޖެހޭނެ- ދިޔާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ