ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއް: ގާޒީ އަބްދުﷲ އަލީ

ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށް ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާލާ ދިނުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާޒީ އަބްދުﷲ އަލީ ވިދާޅުވީ، މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ އުގޫބާތް އެމީހަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ގަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކުގައި ހިދުމަތް ކުރުމަށް ވެސް ގާޒީ އަބްދުﷲ އަލީ ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
ފުލުހުންގެ ހިދުމަތާ މިފަހަރު އަލަށް ގުޅުނީ 48 ފުލުހެކެވެ. އެއީ 40 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ އަށް ފުލުހެކެވެ. މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ފުލުހުން ސޮއިކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ