މީދޫ ފަރު ގޮއްވާލައިގެން ނެރު ކަނޑަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މީގެ 10 އަހަރު ކުރިން ފަރު ގޮއްވުން ހުއްޓާލާފައިވަނީ އޭގެ ސަބަބުން ކަނޑަށާއި، ފަރުތަކަށް އަދި ބިމަށް އޭގެ ނޭދެވޭ އަސަރުކު އިންތިހާ ދަރަޖައަށް ކުރާނެތީއެވެ.
މައުމޫން ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިތުރަށް ވިދާޅުވެފައިވަނީ ފަރު ގޮއްވުމަކީ އެއްވެސް ހާލަތެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އަހަރުމެންގެ ކަނޑާއި ބިން ސަލާމަތް ކުރުމަކީ އަހަރުމެންގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.
މީދޫ އާއި އިސްމެހެލާ ހެރަ އާއި ދެމެދު ނެރެއް ހެދުމަށް މީދޫ ފަރު ޑައިނަމައިޓު ބޭނުންކޮށްގެން ކަނޑާއި ފަރު ހަލާކު ކުރުމާ ދެކޮޅަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.
ފަރު ގޮއްވުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ