އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އަޑުއެހުންތައް ޝެޑިއުލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ޑިޑީ) އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތަކުގެ ޝެޑިއުލް ހާމަކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އަޑުއެހުމެއް އަންނަ ނޮވެމްބަރު 4، ގައި އޮންނާނެ ކަމަށެވެ.
އެ ދުވަހު ހަވީރު ފަހެއް ޖަހާއިރު އޮންނާނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ އެވެ. ނޮވެމްބަރު 5، ގައި ތޮލްހަތުގެ ޝަރީއަތް 4:00 ޖަހާއިރު އޮންނައިރު އެ ދުވަހު 5:00 ޖަހާއިރު ޑީޑީގެ ޝަރީއަތް ވެސް ބާއްވާނެ ކަމަށް ޑިޖޭއޭ އިން ބުނެ އެވެ. އަދި ނޮވެމްބަރު ހަވަނަ ދުވަހު ހަވީރު 4:00 ޖަހާއިރު ކާނަލް ޒިޔާދުގެ މައްސަލަ ބާއްވާނެ ކަމަށާއި ހަމަ އެ ދުވަހު 5:00 ޖަހާއިރު މޫސާ އަލީ ޖަލީލުގެ މައްސަލަ ވެސް ބާއްވާނެ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި މިހާތަނަށް ބާއްވާފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ނިންމައި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ސިފައިންގެ އެހީތެރިކަން ބޭނުންކޮށްގެން އިސް ގާޒީ ހައްޔަރު ކުރުމުގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އިއްވުމުން އެމަނިކުފާނު ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ.
މީދަލަކީ އެއަށް އިވޭ އަޑުތައް އަހައި އެ އަޑުތަކާ އެއްގޮތްވާ ގޮތަށް ރާގުތައް ހަދައި ދަސްކޮށް ލަވަކިޔާ އެއްޗެއް ކަމަށް އެމެރިކާގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ސައެންސްވެރިންގެ މި ދިރާސާތަކުން ދައްކާ ގޮތުގައި އެސޮރުމެން ދިރިއުޅޭ ތަންތަނުން އިވޭ ތަފާތު އަޑުތަކާއި އެއް މީދާ އަނެއް މީދާ ލައްވާ އަޑުތައް އަހައި އެއަށް ރާގައި ލަވަ ހަމަކުރާ ކަމަށް ވެއެވެ. އަދި އިންސާނުންނާއި ދޫނި ފަދައިން އެސޮރުމެން ވެސް އެކަތި އަނެކަތި ކުރާ ހަރަކާތްތަކާއި ލަވައިގެ ހަމަތައް ސިކުނޑިން ޙިއްސާ ކުރާކަމަށް ވެސް ސައިންސްވެރިންގެ ހޯދުންތަކުގައި ބުނެފައިވެ އެވެ.
މީދަލުގެ ރާގާއި ލަވައިގެ ހަމަތަކާއި ގުޅޭގޮތުން ސައިންސްވެރިން ހޯދި މި ހޯދުމާއި ބެހޭ ގޮތުން ބައެއް ސައެންސްވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ.
ނަމަވެސް މީގެ ކުރިން ސައިންސްވެރިންގެ ހޯދުންތަކުން ފިރިހެން މީދާ ގަޔާވާ އަންހެން މީދަލެއް ފެނިއްޖެ ނަމަ މިފަދަ ރާގުތަށް އިއްވާ ކަމާއި އަދި ދެޖިންސުގެ މީދާ ގައިގޯޅިވާ ވަގުތު މިފަދަ ރާގުތައް ކުޅުމާއި ލަވަތައް ކިޔުމުގައި އިތުރުވެގެން ދާކަމަށް ވަނީ ބުނެފަ އެވެ. އަދި މި ރާގުތަކަކީ އިންސާނުންނަށް އިވޭ އަޑުގެ ރޭންޖަށް ވުރެ މަތީގައި އުޅޭ އަޑުތައް ކަމަށް ދިރާސާތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ