އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދޭ އިންޖީނެއްގައި މައްސަލަ ޖެހިގެން، ކޮންމެ ދުވަހަކު ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑަމުންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އަނެއްކާ ވެސް ކަރަންޓް ކަނޑަމުން ދާނެ ކަމަށް ބުނެ ފެނަަކަ އިން ނޯޓިސް ފޮނުވައިފި އެވެ.
މި ފަހަރު ފޮނުވި ނޯޓިހުގައި ބުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުން ފެށިގެން މައްސަލަ ހައްލު ކުރެވެންދެން ކޮންމެ ދުވަހަކު ގަޑިއެއްހާ އިރަށް އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ދާނެ ކަމަށެވެ.
ފެނަކައިން އަދި ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރަމުން ދަނިކޮށް އިތުރު މައްސަލައެއް ދިމާވެއްޖެ ނަމަ މިހާރު ފޮނުވި ނޯޓާ ތަފާތުކޮށް ކަރަންޓް ކެނޑުމުގެ ޝެޑިއުލް ގެންދަން ޖެހިދާނެ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރަން ދާދި ފަހުން ވަނީ ދެ މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސްފަ އެވެ.
އެެހެން ނަމަވެސް އެތަކެތި ބޭނުން ކުރަން ފަށަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ފެނަކައިން ބުންޏެވެ.
މައްސަލަ ހައްލު ނުވެ، ކަރަންޓް ކަނޑަން އަދިވެސް ނޯޓިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ