މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެއްސި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ސްޕޮންސާކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ މި އެވޯޑް ފަސްކުރީ ހަފްލާއަށް ހުރިހައި ތައްޔާރީތަކެއް ނިމި ހަފްލާ އަށް ދައުވަތު ދެވިފައިވާ ފަރާތްތަށް ވެސް ހާޒިރުވެ، އެވޯޑް ރަސްމިއްޔާތު ފެށުމަށް ހުރިހައި ތައްޔާރީތަކެއްވެ ނިމިފައިވަނިކޮށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
މިއަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީ ތަކުގެ ތެރޭގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ޓްރެވަލް ޓެކްނޯލޮޖީ، ހޮޓެލްސް، ސީއެސްއާރު، ރިޒޯޓްސް، ލައިވްބޯޑްސް އަދި މުޅިން އަލަށް އިތުރު ކުރެވުނު ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މިފަހަރު އަލަށް ތައާރަފް ކުރި ކެޓަގަރީތަކާ އެކު 23 ކެޓަގަރީއެއް ހިމެނޭ އިރު އެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 116000 މީހުން ވޯޓު ދީފައިވެ އެވެ.
މޫސުން ގޯސްވުމުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ