ރައްޔިތުން ބިކަކޮށް ކުރިއަށްދާތީ މިސަރުކާރު ދަތި އަޅުވާ ވައްޓާލައިފި: މަލީހު

ރައްޔިތުން ބިކަ ކޮށް ކުރިއަށްދާތީ މިސަރުކާރު ދަތި އަޅުވާ ވައްޓާލައިފި ކަމަށް މިސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ  މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ ހޯމަދުވަހު ކުރެއްވި ޓްވީޓުތަކެއްގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާއި ގުޅޭ ގޮތުން މަލީހު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ ރައްޔިތުން ސާބިތުކަމާއެކު އެބުނީ ގައުމު ހިންގާގޮތާއި މެދު އެއްވެސް ގޮތަކަށް، ހިތްހަމަ ނުޖެހޭކަން ކަމަށެވެ.
Rayyithun bika koffa kuriyah dhaathee rayyithun misarukaaru dhathi alhuvaa vattaalaifi. Saabahey Dhivehi lobuvethi rayyithun.
 
މަލީހު ވިދާޅުވީ ރައްޔިތުން ވަރަށް ސާބިތުކަމާއެކު ގައުމު ހިންގާ ގޮތާއި މެދު އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭކަމަށެވެ. އަދި  ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކުރެވުނީތީ ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކެއް ނުކުރެވޭނެ ކަމަށެވެ.
Dhivehi rayyithun varah saabithu kamaai eku ebunee qauma hingaa gothaai medhu eggothakahves hihama nujeheyey. Saabahey rayyithun.
މީގެ އިތުރުން މި ލިބުނު ފިލާވަޅުން އެމްޑީއޭ ކައުންސިލް މާދަމާ ބޭއްވުމަށްފަހު މި ސަރުކާރާއެކު އޮތް ކޯލިޝަން ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރޫޅާލާނެކަމަށް އުއްމީދު ކުރައްވާކަމަށް މަލީހު ވިދާޅުވިއެވެ.
MDA Council maadhamaa baavvaafa misarukaaraa eku oi coalition rayyithunge ninmumaa eggothah roalhaalaane kamah ummeedhu kuran #Dhaalu lesson
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ