ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ނާބިހް!

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަަކަށް ޅ. ނައިފަރު މޫނިމާގޭ އަހުމަދު ނާބިހް މުހައްމަދު ނައީމް ހޮވިއްޖެއެވެ. އިއްޔެ ހަވީރު އެ ސްކޫލުގައި ބޭއްވި އިނާމް ދިނުމުގެ އަހަރީ ޖަލްސާގައި ނަބީހުއާ އިނާމްއާ އެވޯޑްތައް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ކައުންސިލް މެމްބަރު އަދި މަތީ ތައުލީމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޑރ. އިބްރާހިމް ހަސަނެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން--ފޮޓޯ: ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެ ރަސްމިއްޔާތުގައި ނާބިހް އަށް 12000 ރުފިޔާގެ ފައިސާގެ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީންނާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ދޭ ތަށީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވާ ހަނދާނީ ލިޔުންވެސް ވަނީ އަރުވައިފައެވެ. ނާބިހް ވަނީ މިދިޔަ އަހަރު އޭލެވެލް އިމްތިހާން ފުރިހަމަކޮށް ގަދަދިހައެއްގެ ދެވަނައިގައިވެސް ހިމެނިފައެވެ. އޭގެ އިތުރުން ނާބިހް ވަނީ މިދިޔަ އަހަރު ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމުވެސް އަދާކޮށްފައެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން--ފޮޓޯ: ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ވިލާ ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކަށް ދެވަނަ އަށް އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ އިސްމާއިލް ލީވާނެވެ. ތިން ވަނަ ހޯދީ ފާތިމަތު މިޝްކަތު މުހައްމަދެވެ. ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން ބުނީ މިދިޔަ އަހަރު އެ ސްކޫލުން 300 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 21 ދަރިވަރަކު އޭ ލެެވެލްގެ ގަދަދިހައެއްގައި ހިމެނި، 75 ޕަސެންޓް ދަރިވަރުން ޔުނިވާސިޓީއަށް ވަދެވޭވަރަށް ފާސްވެފައިވާ ކަަމަށް ވެސް ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ