ކުރީގެ މިނިސްޓަރ އަދި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ގާތް އެކުވެރިޔެއް ކަމަށްވާ އުމަރު ޒާހިރު، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ބައްދަލުކުރައްވައިފި އެވެ.
އިބްރާހިމް މުހައްމަދު ސޯލިހާ، އުމަރު ޒާހިރު ބައްދަލުކުރައްވާފައިވަނީ މާފަންނުގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ. އިބޫ ވަނީ ދޮރުން ދޮރަށް ހަރަކާތުގައި އުމަރު ޒާހިރުގެ ގެޔަށް ވަޑައިގެން، އުމަރު ޒާހިރު ދިރިއުޅުއްވާ ބައިގައި އުމަރު ޒާހިރާއި ބައްދަލުކުރައްވާފަ އެވެ.
އެޔަށްފަހުގެ ދެ ބޭފުޅުން ވަނީ އެކުގައި ޖޭޒް ކެފޭއަށް ވަޑައިގެން ހަވީރުގެ ސައިފޮދު ބައްލަވައިގެންފައެވެ. ނަމަވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކެއް ހާމަކުރައްވަފައެއް ނުވެ އެވެ.
އުމަރު ޒާހިރު ގެއިން ނިކުމެވަޑައިގެން ކެފޭއަށް އިބޫ އާއިއެކު ވަޑައިގެންނެވިއިރުވެސް، އަދި ކެފޭއިން ނުކުމެވަޑައިގެންނެވިއިރުވެސް ދެ ބޭފުޅުން ފެނިގެން ދިޔައީ ވަރަށް އެކުވެރިކޮށް ތިއްބެވި މަންޒަރު އެވެ.
އުމަރު ޒާހިރުއަށް ވަނީ ނިޝާން ޢިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފަ އެވެ. އަދި ރައީސް މައުމޫންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވުމުގެ އިތުރުން އުމަރު ޒާހިރު އަކީ ރައީސް މައުމޫންގެ ޒަމާންވީ ގާތް އެކުވެރިޔެކެވެ.
އިބޫ އާއި އުމަރު ޒާހިރު ބައްދަލުކުރެއްވިއިރު، މީގެ ކުރިން އިބޫ ވަނީ ދަައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޒާހިރު ހުސެއިންއާއިވެސް ބައްދަލުކުރައްވާފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުމަރު ޒާހިރު، އިބޫ އާއިއެކު ކެމްޕޭންގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ