ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް އިން ނެރުނީ ޒިންމާދާރުކަން ކުޑަ ބަޔާނެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫނު ވިދާޅުވީ، ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އިން ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ދިގު ދައްމައިގެން ނުވާނެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އިއްޔެ ނެރުނު ނޫސް ބާޔާނުގައި ބުނެފަވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ހިމެނޭކަންކަން ތަންފީޒުކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަަމަށް އުއްތަމަ ފަނޑިޔާރު ލަފާ ދެއްވާފައިވާކަމަށެވެ. އަދި އަމުރުގައި ހިމެނޭ ފަރާތްތަކުގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތަކެއްކަމަށައި އަދި އަނެއް ބައި މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކެއް ކަމުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ. އެނޫސް ބަޔާނުގައި އިތުރަށް ބުނީ، ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދީ ގާނޫނީ ކަންކަން ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ތައްޔާރުވަމުންދާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމްކުރުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.
އަމުރު ތަންފީޒު ކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ވަކި ވަކިން ފިޔަވަޅު އެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރުގައިވެއެވެ.
ޕީޖީ އޮފީހުން ނެރުނީ ޒިއްމާދާރުކަން ކުޑަ ބަޔާނެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ