މޫސުން ގޯސް! ކަނޑު ގަދަވެ، ވައިގަދަވެ، ގުގުރުމާއެކު ވިއްސާރަ ކުރާނެ

ކުރިޔަށް އޮތް ސައުވީސް ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ އޮފީހުން ބުނީ ކުރިޔަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ގުގުރުމާއެކު ވިއްސާރަވާނެ ކަމަށް ބެލެވޭ ކަމަށާއި ، ޚާއްސަކޮށް ދެކުނާއި މެދުތެރެއަށް މޫސުން ގޯސްވެ ކެރީގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އިއްޔެއިން ފެށިގެން ބަޔެއް ހިސާބު ތަކަށް މޫސުން ގޯސްވެފައި ވަނިކޮށް މޫސުމާބެހޭ އޮފީހުން ބުނީ ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 18 މޭލާއި 8 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ އެހެން ހިސާބު ތަކަށް ގަޑިއަކު 12 މޭލާއި 22 މޭލުގެ ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ވިލާ ގަނޑުގައި 38 މޭލަށް ވައި ގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ