މުސްތަގުބަލާ ގުޅިފައިވާ އުއްމީދު މެކުހަށް ޖަހަން ރައްޔިތުން ތިބީ ތައްޔާރަށް - އަލްހާން

މުސްތަގުބަލާ ގުޅިފައިވާ އުއްމީދު މެކުހަށް ޖަހަން ރައްޔިތުން ތައްޔާރަށް ތިބިކަން ފެނިގެންދާކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.އެންމެން އެކަކަށް ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލްހާން ފަހުމީ ވިދާޅުވީ، މިރެއަކީ ދިވެހިންގެ އުއްމީދުތަކެއް އާވެގެންދިޔަ ރެއެއްކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ އުއްމީދު މެކުހަށް ޖަހަން ތައްޔާރަށް ދިވެހި ރައްޔިތުން ތިބިތަން ކަމަށްވެސް އޭނާވިދާޅުވިއެވެ. މިއަދު ފެނިގެންދާ މަންޒަރުތަކުން ރައީސުލްޖުމުހޫރިއްޔާއަށް ދެވަނަ ދައުރެއް ކަށަވަރު ވެގެން ހިނގައްޖެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.އަލްހާން ވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާއަށް ހާޒިރުވެފައިވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމުންތޯ ސުވާލުކުރައްވާފައެވެ.މިއަދު ރައްޔިތުން މިތިބީ އަނިޔާވެރި ކަމެއްނެތް އުފާވެރިކަންމަތީގައި ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އާ އުއްމީދެއް އަނެއްކާވެސް ގެނެވޭނީ ރައީސްޔާމީނުއަށް ކަމަށްވެސް އަލްހާންވަނީ ވިދާޅުވިއެވެ.އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހު އަކީ ދިވެހި ރައްޔިތުން ގޮވައިގެން މަސައްކަތް ކުރެވޭނެހާ ގާބިލުކަމެއް ލިބިފައިވާ ބޭފުޅެއްނޫންކަމަށާއި، އަދި އެބޭފުޅާ ކެނޑިޑޭޓެއްގެ ގޮތުގައި ނެރެފައިވާ ކޯލިޝަންގައި އެއްވެސް އިޚްލާސްތެރިކަމެއް އެކުވެރިކަމެއްވެސް ނެތްކަމަށް އަލްހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ