މެޑިކާގައި އެޑްމިޓުކޮށް ފަރުވާ ދެމުން ގެންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ބައްލަވާލެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މެޑިކާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫން މެޑިކާއަށް ވަޑައިގެންނެވީ މިއަދު ހަވީރު ތިނެއް ޖަހާއެހާކަށްހާއިރުއެވެ.
މެޑިކާއަށް ވަޑައިގެންނެވުމަށްފަހު އެތަނުގެ ބޭރުގައި މަޑުކޮށްގެން ތިބި ނޫސްވެރިންނާއި ރައީސް މައުމޫން ބައްދަލު ކުރެއްވިއެވެ.
ގާސިމް މެޑިކާގައި އެޑްމިޓުކޮށްފައިވަނީ މިއަދު މެންދުރު 12:45 އެހާކަށްހައިރުއެވެ.
ގާސިމް އެޑްމިޓުކޮށްފައިވަނީ ނޭވާ ކުރުވެ މެއަށް ތަދުވާތީއެވެ.
ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ގާސިމް މިހާރު އޮންނެވީ އޮބްޒަވޭޝަންގައި ބާއްވާފައެވެ.
ގާސިމް އޮބްޒަވޭޝަންގައި ބާއްވާފައިވާ އިރު ރިޝްވަތު ދިން ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ވަނީ ކެންސަލުކޮށްފައެވެ.
ރައީސް މައުމޫން ގާސިމްގެ ހާލު ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ