ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވެސް ސިންގަޕޫރު އެއާލައިންގެ ފްލައިޓަށް ނޭރުވި ކަމަށާއި ނަމަވެސް ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ގާސިމްގެ އާއިލާ އަށް އަންގާފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ގާސިމްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، ގާސިމްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަކުރާރުކޮށް ޢަމަލުކުރަމުން ގެންދާ މައްސަލައަކީ ވަކީލުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ވަކީލުން ބުނީ ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގާސިމްގެ ޢާއިލާއަށް އަންގާފައިވަނީ، 2 އޮކްޓޯބަރ ގެ ކުރިން ގާސިމް މާލެ ގެނެސް އެސަރވިސްއާ ޙަވާލުކުރުމަށް ކަމަށާއި ނަމަވެސް، ގާސިމް އަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީންވެސް ކަނޑައަޅާފައިވާތީ އާއި ގާސިމްގެ މެޑިކަލް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އޭނާ އަށް މިއަދުވެސް އަންގާފައވަނީ ދަތުރު ނުކުރެވޭނެކަމަށެވެ. އެހެންކަމުން ސިންގަޕޫރުން މާލެއަށް ގާސިމަށް ދަތުރުކުރުމުގެހުއްދަ އެއަރލައިނުން ދީފައިނުވާކަން ވާނީ ކަރެކްޝަނަލް ސަރވިސްއަށް މިއަދުވެސް އަންގާފައި ކަމަށް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.
ކަރެކްޝަން އަށް ހުށަހަޅާފައިވާ ގާސިމްގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ ފަދައިން ގާސިމްގެ ހިތުގެ އީ.ޕީ.ސްޓަޑީ (މާލޭގެ ޑޮކްޓަރުން ލަފާ ދެއްވާފައިވާ ޓެސްޓް) ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް 19 އޮކްޓޯބަރ އަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހުވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަންޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަންވެސް ވާނީ ކަރެކްޝަނަލް ސަރވިސްއަށް އަންގާފައި ކަމަށް ވަކީލުން ބުނެއެވެ.
ގާސިމަށް ސިންގަޕޫރުގައި ފަރުވާދެއްވާ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ މުއްދަތަށް ފަރުވާ ލިބިގަތުމަށްޓަކައި ސިންގަޕޫރުގައި ހުރުމަށް ހުއްދަ ދެއްވުމަށާއި އެކަމަށް ބޭނުންވާ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ކަރެކްޝަނަލް ސަރވިސްގައި ގާސިމްގެ ފަރާތްޕުޅުން ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން، މިއަދުގެ ހަވީރު 4:55 ގައި ކަރެކްޝަން އިން ވަނީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް އާއިލާ އަށް އަންގާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ވަކީލުން ބުނީ ފަންނީ ޑޮކްޓަރުންގެ ލަފަޔާއި، އަދި ކްރިމިނަލް ކޯޓުން ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޮށްފައިވާ ހުކުމާއި، ކަރެކްޝަން ސާވިސްގެ ފަރާތުން ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް ޢަމަލުކުރަން ލާޒިމުކުރާ އުޞޫލުތަކާ އެއްގޮތަށް ގާސިމަށް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަގެ ފުރަޞަތު ދެއްވުމަށް ކަރެކްޝަނަލް ސަރވިސް އަށާއި ދިވެހި ސަރުކާރަށް ގޮވާލާ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ގާސިމް މިއަދު ވެސް ފްލައިޓަކަށް ނޭރުވި، ކަރެކްޝަނުން މުއްދަތު އިތުރެއް ނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ