އަލިފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރ. އަލިފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އަލިފުށީ އައިރިސްގޭގަ އެވެ.ނައިފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.އެ މަސައްކަތުގައި އެ ރަށުގެ ރައްޔިތުން ވެސް ބައިވެރިވަމުން ދެ އެވެ. މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ އެ ގޭގައި ދިރިއުޅެމުން އައި މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް އަލިފުށީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ