ވޯޓުލުމުގެ ޙައްޤަށް ހުރިހާ ފަރާތަކުންވެސް އިޙްތިރާމްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓުގައި، ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމްއިން ގޮވާލައިފިއެވެ.
އެޗްއާރުސީއެމް ވިދާޅުވާގޮތުން، މާދަމާގެ އިންތިޚާބު އޮބްޒަރވް ކުރުމުގެ ގޮތުން، އެ ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. އަދި ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެކަމަށާއި އެގޮތުން، މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްއާރުސީއެމް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ