ހިތުގެ ބަލިތަކުގެ މުހިއްމު ފަރުވާތަކެއް އައްޑޫގައި ފަށައިފި
ހިތުގެ ބަލިތަކަށް ބޭނުންވާ މުހިއްމު ފަރުވާތަކެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަށައިފި އެވެ.މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން މިދިޔަ މާޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށްގެންދިޔަ ދަތުރަކީ، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚުގައި ހޯދުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.ހަލީމް ވިދާޅުވީ އެއީ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެއްޓެވި ކަންކަން ކަމަށެވެ.އޭއީއެޗުގައި ދާއިމީކޮށް ފެށި ސާޖަރީތަކާ ބެހޭގޮތުން އެ ހޮސްޕިޓަލުން ބުނީ އެފަދަ ކޭސްއެއް އައުމުން މާލެއިން އެ ކަމަކަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރުން އަންނާނެ ކަމަށެވެ.އަދި އޭއީއެޗްގައި ނުކުރެވޭފަދަ އޮޕަރޭޝަނެއް ނަމަ އެ މީހާކު މާލެ ގެންނާނެ ކަމަށާއި އަދި އެ މުއްދަތުގައި އޭއީއެޗްގެ ޑޮކްޓަރުން ވެސް އެކަމަށް ތަމްރީނު ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ