ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ގޮނޑި ގެއްލޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން ގޮނޑިގެއްލޭ ކޮންމެ މެންބަރެއްގެ ގޮނޑި އަލުން ހޯދައިދިނުމަށް އިރާދައް ކުރެއްވިއްޔާ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލު ވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައި ރެއިން ފެށިގެން މިނިންމުމަށް އަމަލުުރަން ފަށައިފިއެވެ.
އަދި ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އެ ގޮނޑި ހޯދައިދިނުމަށް އިދިކޮޅު ހުރިހާ ލީޑަރުން ވަނީ ނިންމަވާފައެވެ.
މެންބަރުންގެ ގޮނޑި ހޯދައިދިނުމަށް މަސައްކަތް ކޮށް ދޭނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ