ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
އަނބިކަނބަލުން ނަސީރާ އިބްރާހިމް އާއި ދަރިކަނބަލުން ދުންޔާ މައުމޫން އާއި އެކު ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 09 ވަނަ ދުވަހުއެވެ.
ރައީސް މައުމޫން ރޭ ސިންގަޕޫރުން އެނބުރި ވަޑައިގެންނެވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީޕީއެމް ދޫކުރައްވާ ރައީސް މައުމޫންގެ އަރިހަށް ވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.
ދާދިފަހުން ރައީސް މައުމޫން އިންޑިއާ އިން ވަޑައިގެންނެވިއިރު މަރުޚަބާ ދަންނަވަން އިއްޒުއްދީން ފާލަން ކައިރިއަށް ގިނަ ބަޔަކު ޖަމާވި ނަމަވެސް ރޭ އެމަނިކުފާނަށް މަރުހަބާ ދަންނަވަން ބަޔަކު ނުދެއެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނީ 10 ވަރަކަށް ދުވަސް ފަހުން ކަމަށެވެ. ނަމަވެސް އެއަށް ވުރެ އަވަހަށް އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި މިވަނީ އެމަނިކުފާނު ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް ހޯމަ ދުވަހަށް އަވަސް ކޮށްފައި ވަނިކޮށެވެ.
ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވިއިރު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމާއި ގުޅޭ ގޮތުން އިއްވި ޙުކުމުގެ ސަބަބުން ސިޔާސީ މަސްރަހު ވަނީ ހަނލަބޮލިވެފައެވެ. ނަމަވެސް ރައީސް މައުމޫން ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެއް ނުވެއެވެ.
މައުމޫން ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ