އޮސްޓްރޭލިއާގައި މެލޭރިއާ އާއި އެޗްއަވީ އަށް ފަރުވާ ދިނުމަށް ބޭނުންކުރާ، ޑްރަގް ބޭނުންކޮށްގެން ކޮވިޑް 19 އަށް ފަރުވާ ދެވޭތޯ ބަލަން ފަށައިފިއެވެ.
ގައިންގަޔަށް އަރާ ބަލިތަކާއި ބެހޭ ދިރާސާތައް ކުރާ ތަޖުރިބާކާރުންގެ ގްރޫޕަކުން ބްރިސްބޭންގައި ކުރި ދިރާސާތަކަކަށް ފަހު ބުނެފައި ވަނީ އެ ދެ ބައްޔަށް ބޭނުން ކުރާ ބޭސްތައް ބޭނުންކޮށްގެން ކޮވިޑް 19އިގެ އިންފެކްޝަން ނައްތާލެވޭކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ބެލެވޭކަމަށެވެ.
މެލޭރިއާ އަށް ފަރުވާ ދޭން ބޭނުން ކުރާ ކްލޮރޮކައިން އަދި އެޗްއައިވީއަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ލޮޕިނޭވިރް އަދި ރިޓޮނޭވިރް ބޭނުންކޮށްގެން މި ވައިރަސް ނައްތާލެވިފައިވާ ކަމަށް އެ ގްރޫޕުން ފާހަގަކުރެއެވެ.
އެ ޑްރަގްތައް ޓެސްޓްކޮށްފައި ވަނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށާ އެބައްޔަށް ވެކްސިންއެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.
މިހާތަނަށް އައި އިރު ކޮވިޑް-19ގެ އަސަރު 170،000 އަށް ވުރެ ގިނަ މީހުންނަށްކޮށް، 6500 އަށް ވުރެ ގިނަ މީހުން ވަނީ މުޅި ދުނިޔެއިން މަރުވެފައެވެ.
ކުއީންސްލެންޑްގެ ރީސަރޗަރެއް ކަމަށްވާ، ޕްރޮފެސާ ޑޭވިޑް ޕެޓާސަން ބުނެފައިވަނީ އެކި ބޭސްތައް ބޭނުންކޮގެން ކޮވިޑް-19 އަށް ފަރުވާ ލިބޭ މިންވަރު ދެނެގަތުމަސް މުޅި މާރޗް މަހު މަސައްކަތްކޮށްފައިވާ ކަމަށެވެ.
އޭނާ ބުނެފިން ގޮތުން އެޗްއައިވީ އަށް ބޭނުން ކުރާ ބޭސްދީގެން ކޮވިޑް-19 ޖެހިފައިވާ ބައެއް މީހުން ބަލިން ފަސޭހަ ވެފައިވެއެވެ.
އެ ބޭހުން ކޮވިޑް-19ގެ އަސަރު ކުޑަވާކަން ޔަޤީންވި ނަމަވެސް، އެއީ އެބައްޔަށް އެންމެ ރަނގަޅު ފަރުވާކަމާއި މެދު އެ ރިސާޗް ޓީމުގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.
އެހެންކަމުން މިވަގުތު މުޅި އޮސްޓްރޭލިއާގެ 50 ހޮސްޕިޓަލެއްގައި މި ބާވަރުގެ ޑްރަގްސް ބޭނުންކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ވިސްނާ ކަމަށާއި، އޭގެ ކުރިން އަދި އިތުރު ޓެސްޓްތައް ހަދާނެ ކަމަށްވެސް އެމީހުން ބުނެއެވެ.
އަދި އެ ދެ ބޭސް މަސައްކަތް ކުރާ ގޮތް ބެލުމަށް ފަހު ކޮވިޑް-19 އަށް އެއަށް ވުރެ ރަނގަޅު ބޭހެއް އުފެއްދޭތޯ ވެސް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެޗްއައިވީ އާއި މެލޭރިއާ އަށް ފަރުވާދޭން ބޭނުންކުރާ ޑްރަގް ބޭނުންކޮށްގެން ކޮވިޑް 19 އަށް ފަރުވާ ދެވޭތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ