ގެއްލިގެން ހޯދަމުންދިޔަ އިގްބާލު ފެނިއްޖެ، ހާލު ރަނގަޅު

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިޤްބާލް ފެނިއްޖެ އެވެ.
ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.
ފުލުހުން ބުނީ އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވާ ކަމަށެވެ. އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ.
މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަދި އެ މީހާ ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ