އަވަށްޓެރި އިންޑިއާއާ އެކީ ރާއްޖެ ކަހަލަ ގައުމުތަކަށް ބުލީ ކުރާ ގައުމެއް ކަމަށް ވިދާޅުވެ އިންޑިއާ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެއްވި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއިން އިންޑިއާގެ އެހީއަށް އެދިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރަހައްދީ ގައުމުތަކަށް ތެޔޮ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެދި އިންޑިއާ ސަރުކާރަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުރާސްފަތި ދުވަހު ވިދާޅުވީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އަދި ސްްރީލަންކާއިން ވެސް ތެޔޮ ހޯދުމަށް އެދިފައިވާ ކަމަށެވެ.
ޖައިސްވާލް ވިދާޅުވި ގޮތުގައި، މި ހުށަހެޅުންތައް އިންޑިއާއިން މިހާރު ދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް، ތެޔޮ ދޫކުރުމުގައި އިންޑިއާގެ އަމިއްލަ ބޭނުންތަކަށާއި، ތެޔޮ ހުރި މިންވަރަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދޭތީވެ، އިރާނުން ވަނީ ހޮރުމޫޒު ހޯމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުން ދަތިކޮށްފަ އެވެ.
އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށް ވާއިރު، މި ހަނގުރާމައިގައި އިރާނުން އޮމާނަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން ސާފުކުރި ޑީސަލް ފީފާއެއްގެ އަގު 80 ޑޮލަރަށް ހުރި ނަމަވެސް މިހާރު ފީފާއެއް އުޅެނީ 170 ޑޮލަރަށް ވުރެ މަތީގަ އެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، ދަތިކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން އިންޑިއާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް މަޝްވަރާ ކުރާ ކަމަށް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުންޏެވެ.
ތެޔޮ ހޯދަން އިންޑިއާގެ އެހީ ހޯދާއިރު މި ސަރުކާރުގެ ބަޖެޓު ސަޕޯޓަށް ވެސް ވަނީ ބޮޑު އެހީއެއްގެ ގޮތުގައި ބޮޑު ކަރަންސީ ސްވޮޕެއް ހަމަޖައްސައި، އަދި ކުރިން އެއްބަސްވި ގޮތްތަކަށް ވުރެ ވެސް ލުއިކޮށްދީފަ އެވެ.
މުއިއްޒުގެ ވެރިކަމުގައި އިންޑިއާގެ އެހީތެރިކަން ހޯދަމުން އަންނައިރު، ވެރިކަމަށް ވަޑައިގަތީ އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމުގެ ވައުދާއެކު އެވެ. ނަމަވެސް އިންޑިއާއަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑުވުމުގެ ސަބަބުން މުއިއްޒުގެ އެ ވައުދު އޮތީ ނުފުއްދި އެވެ. ނަަމަވެސް، ރާއްޖޭގައި ތިބި ޔުނިފޯމު ލީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ އަސްކަރިއްޔާގެ ދަށުން ހިންގާ ހިންދުސްތާނު އޭރޮނެޓިކްސްގެ މުވައްޒަފުން ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު ދުއްވަން ގެނައުމަށް ފަހު، އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރަން ވީ ވައުދު ފުދިއްޖެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ދޮގު ހަދައިފަ އެވެ.
ހުލާސާކޮށް އިއްޔެ: ތެޔޮ ހޯދަން ވެސް މުއިއްޒު އިންޑިއާގެ ފައިބުޑަށް ހުލާސާކޮށް އިއްޔެ: ތެޔޮ ހޯދަން ވެސް މުއިއްޒު އިންޑިއާގެ ފައިބުޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ